ރޯދަ މަހު ސްޓެލްކޯގެ ހިދުމަތްތައްދޭ ގަޑިތައް ހާމަކޮށްފި

Stelco

މި ރޯދަ މަހު ސްޓެލްކޯ އިން ހިދުމަތް ދޭ ގަޑިތައް އެ ކުންފުނިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ، ރޯދަ މަހު އެ ކުންފުނީގެ ސޭލްސް ސެންޓަރު ހުޅުވާނީ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަަށް ހެނދުނު 09:00 އިން 16:00 އަށް އަދި ރޭގަނޑު 09:00 އިން 11:00 އަށް ކަމަށާއި، އަދި ހޮނިހިރު ދުވަހުން ހެނދުނު 10:00 އިން 04:00 އަށް އަދި ރޭގަނޑު 09:00 އިން 11:00 އަށް ކަމަށެވެ.

ސްޓެލްކޯގެ ރިސެޕްޝަން ރޯދަ މަހު ހުޅުވާނީ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 09:00 އިން 12:30 އަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ADMIN@STELCO.COM.MV އަށް އީމެއިލްކޮށްގެން މުއާމަލާތް ކުރެވޭނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

މީގެއިތުރުން ސްޓެލްކޯގެ ކަސްޓަމަރ ސާވިސް ސެންޓަރ ހުޅުވިފައި ހުންނާނީ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 09:15 އިން 01:00 ޖަހަންދެން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *