ރިޔާސީ އިންތިހާބު މޮނީޓާ ކުރަން ބޭރު ޖަމިއްޔާތަކަށް ހުޅުވާލައިފި

360202_3_30968c93b8afb8fbe328c18b7e2b3220e099838d_large

އަންނަ ސެޕްޓެމްބަރ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު މޮނިޓަރ ކުރުމުގެ ފުރުސަތު ބޭރުގެ ޖަމިއްޔާތަކަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް އިން ބުނީ، ރިޔާސީ އިންތިހާބު މޮނިޓަރ ކުރުމަށް ނުވަތަ އޮބްޒާވް ކުރުމަށް ބޭނުންވާ ބޭރުގެ ޖަމިއްާތަކާއި، އެސޯސިއޭޝަންތަކާއި އަދި އެހެނިހެން ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިންތިހާބު މޮނިޓަރ ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އެމީހަކު ރިޕްރެޒެންޓު ކުރާ ޖަމިއްޔާއަކުން އެކްރެޑިޓްކޮށްފައިވާ މީހަކަށްވާންޖެހޭނެ ކަމަށާއި، އަދި އެއީ 18 އަހަރު ފުރި، އެއްވެސް ކެންޑިޑޭޓަކަށް އަދި ޕާޓީއަކަށް ކެމްޕެއިން ކުރާ މީހަކަށްވެގެންނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން އިލެކްޝަންސް އިން ބުނީ،ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކުން ކޯޑް އޮފް ކޮންޑަކްޓެއް އަދި ގަރާރެއްގައި ސޮއި ކުރަންޖެހޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *