ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަނާ ދިމާލަށް!

ffs_1

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަނާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާޗު މަހުގެ ނިޔަލަށް މި އަހަރު ތެރޭގައި ރާއްޖެއަށް 483،624 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް މި އަހަރުގެ ޖެނުއަރީ މަހު 177،499 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީ މަހު 177،915 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އަދި މާޗު 23 ގެ ނިޔަލަށް މި މަހު 133،210 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މިދިޔަ އަހަރާ އަޅާ ބަލާއިރު 22.7 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މަދުވެގެން 8 ދުވަސް މަޑުކުރާއިރު، ދުވާލެއްގެ މައްޗަށް ރާއްޖެއަށް 5،898 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.

ރާއްޖެއަށް އެންމެ ގިނައިން އިންޑިއާ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ދެވަނައަށް ކުރަނީ ރަޝިއާ ފަތުރުވެރިންނެވެ. އަދި ތިންވަނައަށް ޔޫކޭއިން ކުރާއިރު، ހަތަރުވަނައަށް ކުރަނީ ޖަރުމަނެވެ.

Leave a Reply

Your email address will not be published. Required fields are marked *