އެސްޓީއޯގެ މަގާމުތަކުން އަމްރު ވަކިކުރަން ފޮނުވައިފި

1549929358

އެސްޓީއޯގައި ހުސެއިން އަމްރު އަދާކުރަމުން އައި ބޯޑު ޑިރެކްޓަރު ކަމުންނާއި، މެނޭޖިން ޑިރެކްޓަރު ކަމުގެ އިތުރުން ސީއީއޯ ކަމުން ވަކި ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އޮފީހުން ފޮނުވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، އެސްޓީއޯ އިން އަމްރު ވަކިކޮށްފައި ވަނީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި އަމްރު ތާއީދު ކުރައްވާފައި ވަނީ ރައީސް ނަޝީދުއަށެވެ. އަދި އަމްރު އަންނަނީ ރިޔާސީ ޕްރައިމަރީއަށްފަހުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެކޮޅަށް ރައީސް ނަޝީދުއާއެކު މަސައްކަތް ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *