ގއ،ވިލިނގިލީ ބަނދަރު ހެދުން: އެއްގަމުތޮށިލުމުގެ މަސައްކަތް ފަށައިފި

FsHwmKpXsAE4fN8

ގއ.ވިލިނގިލީ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން އައު ހާބަރ ފުންކުރުމުގެ 45 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށައި، އަދި އެއްގަމު ތޮށިލުމުގެ މަސައްކަތްވެސް މިހާރު ފެށިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއަށް 107.86 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *