އަމްރު ވަކިކޮށް، އެސްޓީއޯގެ ހިންގުން ސީއެފްއޯއަށް

original_1679819198335

އެސްޓީއޯގައި ހުސެއިން އަމްރު އަދާކުރައްވަމުން އައި މަގާމުތަކުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިންމައިފިއެވެ.

ރައީސް އޮފީހުގެ އެންގުމަށް ޕީސީބީން ވަނީ މިއަދު އަމްރު އެސްޓީއޯގައި އަދާކުރައްވަމުން އައި މެނޭޖިންގ ޑިރެކްޓަރު ކަމާއި، ސީއީއޯކަމުގެ އިތުރުން ބޯޑު މެމްބަރުކަމުން ވަކިކުރައްވާފައެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަންދެން ޕީސީބީން ވަނީ އެސްޓީއޯގެ ހިންގެވުން ވަގުތީ ގޮތުން ސީއެފްއޯ މުހައްމަދު ނިޒާމުއާ ހަވާލުކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ، އަމްރު މަގާމުން ވަކިކުރައްވަން އަންގަވާފައި ވަނީ ކުންފުނިތަކަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *