ސައުދީން ފޮނުވި ކަދުރު ބަހަން ފަށައިފި

FsIA3QiXgAIeqrE

ސައުދީ އަރަބިއްޔާ ސަރުކާރުން ދިވެހި ރައްޔިތުންނަށް ބެހުމަށް ފޮނުވި ކަދުރު ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދު ހެނދުނު 09:30 އިން ފެށިގެން ކަދުރު ބަހަން ފަށާފައިވާ ކަމަށާއި، ކޮންމެ ދުވަހަކުވެސް ހެނދުނު 09:30 އިން 12:00 އަށް އިސްލާމީ މަރުކަޒުން ކަދުރު ބަހާނެ ކަމަށެވެ.

ރަށްރަށަށް ކަދުރު ބަހާނީ ކައުންސިލް މެދުވެރިކޮށްކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރު ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާ ކަމަށާއި، ފަގީރުންގެ ލިސްޓުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ލިބޭނެ ކަމަށެވެ.

މީގެއިތުރުން ފަގީރުންނަށް ކަދުރު ބެހުމަށްފަހު ކޮންމެ ގޭބިސީއަކަށް ކަދުރު ބަލާ އަންނަ ތަރުތީބުން ބެހުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި ފަގީރުންނަށް ބެހުމަށްފަހު ކޮންމެ 100 ގޭބިސީއަކަށް 26 ޕެކެޓް ކަދުރު ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *