ކޮންމެހެން އަޅުއްވަން ޖެހޭ ފިޔަވަޅެއް ރައީސް އަޅުއްވާނެ: އިމްރާން

އިބޫ

ކޮންމެހެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިޔަވަޅު އެޅުއްވުމަކީ ހިތިކަމާއި، ފޮނިކަން އެކުލެވިގެންވާ އެއްޗެއްކަން ރައީސް ސޯލިހުއަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

މިއާއެކު ރައީސް ސޯލިހު އަޅުއްވަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެކަން އެމަނިކުފާނު ދަންނަ ކޮންމެ މީހަކަށް އެނގޭނެ ކަމަށާއި، އަދި ކޮންމެ ކަމެއްގައިވެސް ހިކުމަތްތެރިކަމާއި، ކެތްތެރިކަން އިސްކުރުން މުހިންމު ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ ރައީސް ސޯލިހު އާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް އެސްޓީއޯގެ ހުރިހާ މަގާމުތަކުން ހުސެއިން އަމްރު ވަކިކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *