ގުރައިދޫ ދާއިރާ ބައި-އިލެކްޝަންއަށް ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި

img_md_202303150809401678892980.7038

އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ވޯޓުލާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށެވެ.

ގުރައިދޫ ދާއިރާ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮތްތަނުގެ މައުލޫމާތު ބަލަން ބޭނުންވާ ފަރާތްތަކުން VR ޖެއްސެއްވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު އައިޑީކާޑު ނަމްބަރ ޖެއްސެވުމަށްފަހު 1414 އަށް މެސެޖު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ.

އީސީން ވަނީ ރީ-ރަޖިސްޓްރީ ކުރުމުގެ އިންތިޒާމު އޮންލައިންކޮށް ވެސް ހަމަޖައްސާފައެވެ. .

Leave a Reply

Your email address will not be published. Required fields are marked *