އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ފެށުމަށް މަޝްވަރާކޮށްފި

268367_3_200683c2a3b45f697a52d859d8485d6efac92398_large

އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭރުގެ ތެޔޮ ކުންފުނިތަކާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ، އިހވަންދިއްޕޮޅުގައި ޓްރާންސްމިމަންޓް ބަނދަރެއް ތަރައްގީ ކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގު ބޯޓުފަހަރަށް ހިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަމާގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.

މިގޮތުން ކަމާބެހޭ އިދާރާތަކާއެކު މަސްވަރާތައް ކުރިއަށްގެންގޮސް، މި ސަރަހައްދުގައި އެންމެ ފުރަތަމަ ހިދުމަތްތައް ފަށައިގަންނައިރު ކްރޫ ޗޭންގް ސަޕްލައިޒް އަދި ބަންކަރިންގް އަށް ފޯކަސް ކަރުމަށް މަޝްވަރާކުރެވި، މި ހިދުމަތްތައް ފަށައިގަތުމަށް، މިހާރު އަމަލު ކުރެވެމުންދާ ގަވާއިދުތަކަށް ގެންނަންޖެހޭނެ ބަދަލުތައް ދިރާސާކުރެވި އެ ގަވައިދުތައް އިސްލާހުކުރުމުގެ މަސައްކަތްތަކުގެ ބޮޑުބައެއް ވަނީ ނިމިފައި ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ފައްޔާޒް ވިދާޅުވީ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އިން ބަންކަރިންގް ގެ ޚިދްމަތްތައް ފެށުމަށްޓަކައި ބައިނަލްއަގްވާމީ ތެޔޮ ންފުނިތަކާ މަސްވަރާކޮށް، މިކަމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމަށް އަންނަނީ މަސައްކަތް ކުރުމުން ކަމަށެވެ.

އިހަވަންދިންޕޮޅު ސަރަހައްދުން ދަތުރުކުރާ އާގު ބޯޓުފަހަރަށް ހިދުމަތް ދިނުމަށްޓަކައި އިމިގްރޭޝަން ކަސްޓަމްސް އަދި އެހެނިހެންވެެސް ރެގިއުލޭޓަރި މުއައްސަސާތަކުގެ ޚިދުމަތްތައް ގާއިމުވެފައިވާ އައި.އެސް.ޕއެސް މިންގަނޑުތަކަށް ފެތޭ ފެސިލިޓީއެއް އިހަވަށްދިއްޕޮޅު އަތޮޅުގައި ގާއިމުކުރަންޖެހޭ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

"އިހަވަންދިއްޕޮޅުގައި ޓްރާންސިޝަން އެންޓްމަންޓެއްގެ ގޮތުގައި އިންވެސްޓްމަންޓްތައް ކުރުމުގެ ބަދަލުގައި ސަރުކާރުގެ މިހާރުގެ އަމާޒަކީ، އިހަވަންދިއްޕޮޅު ޕޯޓް ސިޓީގެ މަޝްރޫއު ފަށައިގަތުމަށް ބޭނުންވާ ބިން ހިއްކުމަށް އަވަހަށް ފަށާ އިހަވަންދިއްޕޮޅުގެ ސްޓްރެޓިޖިކް ލޮކޭޝަން އެޑްވާންޓޭޖްގެ ތެރެއިން ދެވެންފެށޭނެ ލިދްމަތްތައް ޕޯޓް ސިޓީ މަސްރޫއުގެ ތެރެއިން ދެމެހެއްޓިނިވި އަދި ކޯސްޓް އިފެކްޓިވް ގޮތެއްގައި ދިނުމަށް ވީހާވެސް އަވަހަށް ފެށުމެވެ އަދި މިކަން މިގޮތަށް ކުރިއަށް ގެންދާއިރު، ގަވައިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމާއި، ހިދުމަތްތަކުގެ ޕްރޮސެސް އަވަސް ކުރުމަށް ކުރެންޖެހޭ މަސައްކަތްތައް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މިނިސްޓްރީން މިކާރުވެސް ދަނީ ކުރިއަށް" ލިޔުމުން ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން އެ ފެސިލިޓީ ގާއިމުކުރާ ލޮކޭޝަނަކީ ބަނދަރުގެ ޖާގައާއި، ބަނދަރަށް ވަދެ ނިކުތުމުގެ ފަސޭހަކަމާއި، ހުޅަނގު މޫސުމާއި އިރުވައި މޫސުމުގައި ބަނދަރަށް ނިވާ ލިބޭ މިންވަރު ފަދަ ކަންކަމަށް ރިއާޔަތްކޮށް، އެކަމަށް އެކަށީގެންވާ ލޮކޭޝަނަކަށް ވާންޖެހެއެވެ. އަދި މިފަދަ ފެސިލިޓީއެއް ތަރައްގީކުރުމާ ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެކުގައިވަނީ ގިނަ މަޝްވަރާތައް ކުރެވިފައި ކަމަށްވެސް ފައްޔާޒް ވަނީ ވިދާލުވެފައެވެ.

ފައްޔާޒް ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީގެ މަޝްރޫއެ ސަރުކާރުން ރާވާފައިވާއިރު، ޕޯޓް ސިޓީގެ ކަންކަން އިންތިޒާމުވެ، ތަރުތީބުވެގެން އަންނައިރު ހުރިހާ ޚިދުމަތްތަކަކީ ޕޯޓް ސިޓީގެ މަސްރޫއުގެ ތެރެއިން ފޯރުކޮށްދެވޭނެ ޚިދުމަތްތައް ކަމުގައި ގެންދާނެ ކަމަށާއި، އަދި ޕޯޓް ސިޓީގެ ލަޝްރޫއުގެ ފުރަތަމަ ފޭސް އަށް ބޭނުންވާނެ ބިން އަވަސް މުއްދަތެއްގެ ތެރޭގައި ހިއްކައި، ބިން ހިއްކުމަށްފަހު އެތަނުން އެންމެ ފުރަތަމަ ފޯރުކޮށްދޭން ޚިދްމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖް، ސަޕްލައިޒް ފަދަ ޚިދުމަތްތައް ވެގެންދާނެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *