ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓުލެވޭ އިސްލާހު ހުށަހަޅައިފި

240849_3_a2fe6f81fd3eff540f8c6937ec151e64357c02fc_large

ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓު ލެވޭނެ މަގުފަހިކުރުމަށް އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހް ހުށަހަޅައިފިއެވެ،

މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހްމޫދުއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ވޯޓުލާ ފަރާތްތަކުގެ ތެރެއިން ފެނުމުގެ މަހްރޫމްވެފައިވާ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުންނެވެ.

.މިއާއެކު، ފެނުމުން މަހްރޫމްވެފައިވާ ފަރާތްތައް ވޯޓުލާއިރު އެކަމަށް ހާއްސަކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނެ އިންތިޒާމު، އެފަދަ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭނެ އުޞޫލަކުން ހަމަޖައްސައި ދިނުމަށް މި ބިލް ތަންދެއެވެ.

މި ބިލުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި އިސްލާޙަކީ ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓުލުމުގެ ޙައްޤު ހޯދުމަށްޓަކައި މަސައްކަތް ކުރާ ޖަމިއްޔާއިން ސަރުކާރަށާއި ކަމާއި ބެހޭ މުއައްސަސާތަކަށް ހުށަހެޅި ހުށަހެޅުމާއި އެއްގޮތަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *