"އާރލީ ވޯނިން ފޯރ އޯލް" އެކްޝަން ޕްލޭނުގެ އެހީދޭ ގައުމުތަކުގައި ރާއްޖެ!

85e17a5d-cebb-49be-855c-523f1a7df510 (1)

ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމުތައް ގާއިމުކުރުމާ ގުޅޭގޮތުން އދ. އިން އެކުލަވާލާފައިވާ "އާރލީ ވޯނިން ފޯރ އޯލް" އެކްޝަން ޕްލޭނުގެ އެހީ ފޯރުކޮށްދޭ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

ފޮރިން މިނިސްޓްރީ ބުނީ، މި އެކްޝަން ޕްލޭނުގެ ދަށުން އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތައް ހިމެނޭހެން، ކާރިސާތަކުން ބޮޑެތި ގެއްލުން ލިބުމުގެ ފުރުސަތު އެންމެ ބޮޑު 30 ޤައުމަށްކަމަށެވެ.

އ.ދ. އިން އެކުލަވާލާފައިވާ މި އެކްޝަން ޕްލޭނުގެ ދަށުން ކާރިޘާތަކުން ރައްކާތެރިވުމަށް ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ބައިނަލްއަޤުވާމީ އެކި ބައިވެރިން މެދުވެރިކޮށް އެހީ ފޯރުކޮށްދިނުން ހިމެނޭއިރު، މި މަސައްކަތުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ކާރިޘާތަކުން ރައްކާތެރިވުމުގައި ޤައުމުތަކުގެ މެދުގައި ހުރި ފަރަޤުތައް ދެނެގަތުމާއި، ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ކާރިޘާތަކާ ގުޅޭގޮތުން ބޭނުންކުރާނެ ވަޞީލަތްތައް ހުރި ނެތް މިންވަރު ދެނެގަތުމާއި، ކޮންމެ ޤައުމެއްގެވެސް ޚާއްޞަ ޙާލަތްތަކަށް ރިޢާޔަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކްޝަން ޕްލޭނަކީ އ.ދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރޭޒްގެ އިސްނެންގެވުމުގެ ދަށުން 2027 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ ކޮންމެ މީހަކީވެސް ކާރިޘާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމުތަކުން ރައްކާތެރިކަން ކަށަވަރުވެފައިވާ ބަޔަކަށް ހެދުމަށްޓަކައި އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ.

Leave a Reply

Your email address will not be published. Required fields are marked *