އެސްޑީއެފްސީން 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

big_7Nfmvt3kFCGr82HunYbBENcWn

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކުދި އަދި މެދު ފަންތީގެ ފިޔަފާރިތަކަށް މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

ޕީއެސްއެމްއާ ވާހަކަދައްކަވަމުން އެސްޑީއެފްސީގެ ޗީފް ކްރެޑިޓް އޮފިސަރ ފާތިމަތު ލަމްހާ ވިދާޅުވީ، އެސްޑީއެފްސީގެ ލޯން އެހީއަށް އެދޭ ވިޔަފާރިތައް އިތުރުވެފައިވާ ކަމަށާއި، މިގޮތުން އެ ކޯޕަރޭޝަނުން މިހާތަނަށް 1200 ލޯން އެޕްރޫވްކޮށް، 1100 ލޯން ދޫކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މިހާތަނަށް އެޕްރޫވްކުރެވިފައިވާ 1200 ލޯނަކީ 1.6 ބިލިއަން ރުފިޔާ ކަމަށާއި، އަދި މިހާތަނަށް ދޫކުރެވިފައިވާ 1100 ލޯނަކީ 1.2 ބިލިއަން ރުފިޔާ ކަމަށްވެސް ލަމްހާ ވަނީ ވިދާޅުވެފައެވެ.

އެސްޑީއެފްސީން މިހާތަނަށް އެންމެ ގިނައިން ލޯން ދޫކޮށްފައި ވަނީ ފަށަފައިގަންނަ ވިޔަފާރިތަކަށްކަން ފާހަގަކުރައްވާ ލަމްހާ ވިދާޅުވީ، ފަށައިގަންނަ ވިޔަފާރިތަކުގެ ތެރެއިން 500 ވިޔަފާރިއަކަށް މިހާރު ލޯނު ދޫކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން އެކި ދާއިރާތަކުގެ 700 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައިވާއިރު، އޭގެ ތެރޭގައި ހޯލްސޭލްކުރާ އަދި ރީޓެއިލްކުރާ 200 ވިޔަފާރިއަކާއި، 100 އަށްވުރެ ގިނަ ކެފޭ އަދި ރެސްޓޯރެންޓްތަކަށް ލޯނު ދީފައިވާ ކަމަށް ލަމްހާ ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *