ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑިގެން ހިދުމަތް އަނބުރާ ދިނުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، ޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށެވެ.
![](https://theyvees.com/wp-content/uploads/2022/12/300x250.jpg)
މިގޮތުން ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ސްޓެލްކޯގެ މުވައްޒަފުން އަންނަނީ ކުރަމުން ކަމަށާއި، މަސައްކަތަށް ތިން ގަޑިއިރުވަރު ހޭދަވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކަރަންޓް ކެނޑުމުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
Post Views: 108