އެސްޓީއޯގެ އެމްޑީއަކަށް ސައީދު އައްޔަންކުރަން ޕީސީބީއަށް!

sfwl

އެސްޓީއޯގައި ހުސްވެފައިވާ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ސައީދު އައްޔަން ކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ފޮނުވައިފިއެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމު ހުސްވެފައި ވަނީ ސަރުކާރުން ކުންފުނިތަކަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެ ކުންފުނީގެ އެމްޑީކަމުން ހުސެއިން އަމްރު ވަކިކުރެއްވުމާ ގުޅިގެންނެވެ.

އެސްޓީއޯގެ އެމްޑީއަކަށް ސައީދު އައްޔަންކުރުމަށް ރައީސް އޮފީހުން ފޮނުވާފައިވާއިރު، އޭނާ މަގާމަށް އައްޔަންކުރާނީ ޝަރުތު ހަމަވޭތޯ ބެލުމަށްފަހު ޕީސީބީގެ ބޯޑު ބައްދަލުވުމަކުންނެވެ.

އެސްޓީއޯގެ އެމްޑީއަކަށް އައްޔަންކުރާ ސައީދު ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓް ސެކެޓްރީއެއްގެ މަގާމު އަދާކުރައްވާފައެވެ. އަދި އޭނާ ވަނީ މީގެ ކުރިން މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީގެ ޗެއާމަންކަންވެސް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *