ތިލަފުށި ފޭސް 2 އޭރިއާ ސީ ހިއްކުމުގެ މަސައްކަތް ފަށައިފި

560db5e0-60ae-439f-bd58-73c72daaf599

ތިލަފުށީ ފޭސް އޭރިއާ ސީ ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރޕްލޭނާއި އެއްގޮތަށް ފޭސް 2 ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ވަނީ ފެށިފައި ކަމަށެވެ.

މިގޮތުން، ތިލަފުށި ފޭސް 2 ގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް ފަށާ، އެ ސަރަހައްދައް ވެލި އެޅުމުގެ މަސައްކަތް މި މަހުގެ 27 ވަނަ ދުވަހު ވަނީ ފަށާފައި ކަމަށް އެޗްޑީސީން ބުނެއެވެ.

މި ސަރަހައްދު ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑާ ހަވާލުކުރެވިފައިވާއިރު، މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާއިރު، ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެއްމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރެވެމުން އަންނަ ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *