މ.މުލީ ބަނދަރު ހެދުން: އެއްގަމު ތޮށިލުމުގެ %35 ނިމިއްޖެ

FsXHnGRaMAISUUD (1)

މ.މުލީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމުގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށާއި، އަދި ސައިޓުގައި މިހާރު ކުރިޔަށްދަނީ ހާބަރ ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 33،888 އަކަ މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުމާއި، 6،254 އަކަ މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 465 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 89 މީޓަރު ސައަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 497 މީޓަރު ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 3 މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުމާއި، 2،730 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުއަކީ 61.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *