ތިލަފުށީ ފަޅުގައި ހުރި އުޅަނދުތަކާއި މެދު އަމަލުކުރާނެ ގޮތުގެ އުސޫލުއް!

310732_3_5a6c573da34c55693690bec49873abfce40807d2_large

ތިލަފުށި މާސްޓާ ޕްލޭނާ އެއްގޮތަށް ތިލަފުއްޓާއި، ގުޅީފަޅު ބިން ހިއްކައި އެ ސަރަހައްދު ތަރައްގީ ކުރަމުން އަންނައިރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ސަރަހައްދު ފަޅުތެރެއަށް ގިނަ އަދަދެއްގެ އުޅަނދުތައް ދޫކޮށްލާފައިވުން ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރޕްލޭނާއި އެއްގޮތަށް ތިލަފުއްޓާއި ގުޅީފަޅުގެ ބިން ހިއްކައި، އެ ސަރަހައްދު ތަރައްގީކުރަމުން އަންނަ އިރު، މިކަމުގައި ދިމާވާދަތިތަކަށް ހައްލު ހޯދުމަށް އެ ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބިން ހިއްކާ ސަރަހައްދުގެ ފަޅު ތެރެއަށް ގިނަ އަދަދެއްގެ އުޅަނދުތަކެއް ދޫކޮށްލާފައި ހުރުމުގެ ސަބަބުން ތިލަފުށި މާސްޓާ ޕްލޭނާ އެއްގޮތަށް ތަރައްގީގެ މަސައްކަތް ކުރިއަށްގެންދިއުމަށް އަންނަނީ ހުރަސް އެޅެމުންކަން ފާހަގަކޮށް އެޗްޑީސީން ބުނީ އެ ސަރަހައްދުގެ ތިމާވެއްޓަށް ވެސް އެކަމުގެ ސަބަބުން އެތައް ގެއްލުމެއް އަންނަނީ ލިބެމުން ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށް އެޗްޑީސީން އުސޫލެއް އެކުލަވާލައި ގެޒެޓުކޮށްފައިވާއިރު، އެ އުސޫލު ގެޒެޓު ކުރި ތާރީހުން ފެށިގެންއަމަލުކުރަން ފަށާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

 

އުސޫލުގައިވާ ބައެއް މުހިންމު ކަންކަން:

  • އާންމުކޮށްފައިވާ އުސޫލުގައި ވާނީ އެ ސަރަހައްދުގައިވާ އުޅަނދަކީ ދޫކޮށްލާފައިވާ އުޅަނދެއްތޯ ކަނޑައެޅުމަށް ބަލާނެ ކަންތައްތަކެއް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި އެ އެއްޗެއް އޮތް ތަނާއި، އޭގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ވާ އުނދަގޫ އަދި ތިމާވެއްޓަށް ލިބޭ ގެއްލުމަށް ވެސް ބެލޭނެ. އަދި އެއީ ދޫކޮށްލާފައިވާ އެއްޗެއްތޯ ބަލާ ޔަގީންކުރާނެ ގޮތްތައް އާންމުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާނެ.
  • މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ތެރެއިން އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ނުވަތަ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކުރާ އެއްޗެއް ނަމަ މި ކޯޕަރޭޝަނުން އެ އުޅަނދު ވަގުތުން ނަގައި އެހެން ސަރަހައްދަކަށް ގެންދާނެ.
  • އެ ސަރަހައްދުގައި އޮތް އުޅަނދަކީ ދޫކޮށްލާފައިވާ އެއްޗަކަށް ވީނަމަވެސް އެ އުޅަނދު އެތަނުގައި ބާއްވަން ވަކި މުއްދަތެއް މި ކުންފުނިން ދޭނެ. އެގޮތުން އޭގެ ވެރިފަރާތް ޔަގީންވާ ނަމަ އެ އެއްޗެއްގެ ހާލަތުގެ ގޮތުން 7 ދުވަހާއި 30 ދުވަހު މުއްދަތެއް ދިނުމަށް އުސޫލުގައި ބަޔާންކޮށްފައިވާނެ. އެކަމަކު އެ އުޅަނދަކީ އޭގެ ވެރިފަރާތް ނޭނގޭ އެއްޗެއް ނަމަ ހޯދަން މަސައްކަތްކުރުމާއި، ވެރިޔަކު ނެތް ތަކެއްޗާއި މެދު އަމަލުކުރުމަށް މި ކުންފުންޏަށް ބާރުލިބިފައިވާ ގޮތް ވެސް އުސޫލުގައި ތަފްސީލްކޮށްދީފައިވާނެ.
  • މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ސަބަބުން މިހާރު ވެސް ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުކުރަމުން އަންނަ އިރު، އުޅަނދުތައް ހުރިގޮތުގެ ސަބަބުން އެތަކެއްޗަށް ވެސް އެކިވަރުގެ ގެއްލުން ވުމުގެ ފުރުސަތު އެބައޮތެވެ. އަދި އެފަދަ ގެއްލުންތަކަކަށް މި ކޯޕަރޭޝަނުން ޒިންމާއެއް ނުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *