ހަންކެޑެ މަޝްރޫއު ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

FsdKR2vXsAcdr7m

އައްޑޫ ސިޓީ ހަންކެޑެ ތަރައްޤީ ކުރުމަށް ހިންގާ ފަތުރުވެރިކަމުގެ ބިޔަ ޕްރޮޖެކްޓް

އައްޑޫސިޓީގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މި ޕްރޮޖެކްޓް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ހަވާލުކޮށްފައި ވަނީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީއާއެވެ.

ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ، މި މަޝްރޫއާއެކު އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރި އަރައި، ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ޖެހިލާނެ ކަމަށެވެ.

މި މަޝްރޫޢުގެ ޑިޒައިންގެ ފޮޓޯ ހިއްސާކޮށް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެފައި ވަނީ މަޝްރޫއުގެ ދަށުން، ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން ވަޒީފާތައް މެދުވެރިކޮށް އިންޓަގްރޭޓެޑް ޓޫރިޒަމުން މަންފާ ހޯދުމުގެ ފުރުސަތު އައްޑޫގެ ރައްޔިތުންނަށް ފަހިކޮށްދީ، ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ފަހި މާހައުލެއް ލިބިގެންދާނެ ކަމަށްވެސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *