ގާސިމްގެ އެޑްވައިޒަރުކަމުގެ މަގާމުން އާޒިމް އިސްތިއުފާ ދެއްވައިފި

ޖބޖކ

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ކަމުގެ މަގާމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިސްތިއުފާ ދެއްވައިފިއެވެ.

ގާސިމްއަށް އެޑްރެސް ކުރައްވާ އާޒިމް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަކީ މިވަގުތު ދިވެހި ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ މުސްތަގުބަލަށް އެންމެ ފައިދާކުރަނިވި ގޮތް ކަމަށާއި، އަދި ގައުމުގައި ހަމަޖެހުން ދެމެހެއްޓޭނީވެސް ރައީސް ސޯލިހުއަށް ކަމަށެވެ.

މިގޮތުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެ، ޖޭޕީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް އެ ޕާޓީގެ ކައުންސިލުން ނިންމުމާ ގުޅިގެން، ގާސިމްގެ އެޑްވައިޒަރެއްގެ ގޮތުގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަަށް ފެންނާތީ އެ މަގާމުން އިސްތިއުފާ ދޭ ކަމަށެވެ.

އާޒިމް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތުގައި ބެހެއްޓެވި ގާތްކަމާއި، ކުރެއްވި އިތުބާރަށް ގާސިމްއަށް ޝުކުރު އަދާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *