ކުލި ދައްކައިގެން އުމްރާ ދަތުެރެއް ހޯދުމުގެ ފުރުސަތު

YBDQ64NQEMHZ

ހުޅުމާލޭގައި ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކަށް ބަރާބަރަށް ކުލި ދައްކައިގެން އުމްރާ ދަތުރެއް ލިބޭ ޕްރޮގްރާމެއް އާބަންކޯއިން ފަށައިފިއެވެ.

އާބަންކޯ އިން ބުނީ، "ޕޭ އެންޑް ވިން" ގެ ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެއް ކަމަށާއި، އުމްރާ ދަތުރު ލިބޭނީ ޕްރޮގްރާމުގައި ބައިވެރިވެވޭނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއުއެއް ނެތް ފަރާތްތަކަށެވެ.

މިގޮތުން ގަވާއިދުން ކުލިދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި ހޮވޭ ފަރާތަށް އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށާއި، އަދި ކުލި ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޖެހިޖެހިގެން 6 މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފި ނަމަ ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އަބަންކޯ އިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދީ، ކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް އެކި ކަހަލަ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ. އެގޮތުން އިތުރަށް ކުންފުންޏަށް މިހާރު ގެނެސްފައިވާ "އަބަން" ބަދަލާއި އެކު އަލަށް ލޯންޗް ކުރި "ޕޭ އެންޑް ވިން" ޕްރޮގްރާމަކީ ވެސް ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ތައާރަފްކުރި ޕްރޮގްރާމެކެވެ.

އާބަންކޯ އިން ބުނީ، އެ ކޯޕަރޭޝަންގެ މަގްސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުން ކަމަށެވެ. އެހެންކަމުން، އެކި ސަބަބުތަކާއި ހެދި ފައިސާ ނުދެއްކިފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޕޭމަންޓް ޕްލޭންއަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދެވިފައި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *