ރ.އުނގޫފާރު މަގު ހެދުން: 51 އިންސައްތަ މަސައްކަތް ނިމިއްޖެ

photo_2023-04-02_15-01-22

ރ.އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ (ދެވަނަ ފިޔަވަހި) ގެ ދަށުން މަސައްކަތުގެ 51 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ދަށޫން މަގު ބައްތި ހަރުކުރުމުގެ 89 އިންސައްތަ ނިމިފައިވާއިރު، ސަބްގްރޭޑް ތައްޔާރު ކުރުމުގެ 40 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން ސައިޓުގައި މިހާރު ކުރިޔަށްދަނީ ދުވާރު އެޅުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަށް 20.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *