ރ.ހުޅުދުއްފާރު މަގު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް

Fsxb7SvaMAEHkEN

ރ.ހުޅުދުއްފާރު މަގުތައް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ، މަޝްރޫއުގެ ދަށުން އިސްކަންދަރު މަގުގެ ޕޭވިން މަސައްކަތާއި، މަޖީދީ މަގުގެ ޕަމްޕް ސްޓޭޝަން ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހުޅުދުއްފާރުގެ ބޮޑު ހަ މަގެއްގައި 3.2 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގު ބައްތި ހަރު ކުރާނެ އެވެ.

ހުޅުދުއްފާރުގައި ތާރު އެޅުމަށް ހަމަޖެހިފައި ވަނީ ބޮޑުތަކުރުފާނު މަގާއި، އަމީނީ މަގާއި، އިސްކަންދަރު މަގާއި، ޖަމީލް މަގާއި، މަޖީދީ މަގާއި އަދި ހާބަރު މަގުގައެވެ.

މި މަޝްރޫއަށް 88 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އާރްޑީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *