މީމު މިފްކޯ ބަނދަރު ހެދުން: ޝީޓް ޕައިލް ހަރުކޮށް ނިމިއްޖެ

Fsx3vRwacAAmpBN

މ.އަތޮޅުގައި ހިންގާ މިފްކޯގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ޝީޓް ޕައިލް ހަރުކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ 18 އިންސައްތަ ނިމިފައިވާއިރު، ބަނދަރު ފުންކުރުމުގެ 22 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 22,240 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 8,640 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސައަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ގެހުމާއި 3,200 އަކަ މީޓަރުގެ ޕޭވްމެންޓް އެޅުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން މި މަޝްރޫއަށް 52.95 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *