ރައީސް ސޯލިހު އިންތިހާބު ކާމިޔާބުކުރައްވާނީ އެއްބުރުން: އަލީ ހަމީދު

Fsx4r2IagAIbnKH

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް މިއަދު ޖޭޕީ ދޫކޮށް، އެމްޑީޕީއަށް ސޮއިކުރި އިސްދޫ ދާއިރާގެ މެމްބަރ އަލީ ހަމީދު ވިދާޅުވެއްޖެއެވެ.

"އަދަދު" ނޫހަށް ދިން އިންޓަވިއުއެއްގައި އަލީ ހަމީދު ވިދާޅުވީ، ރިޔާސީ އިންތިހާބު ރައީސް ސޯލިހުއަށް ދެވަނަ ބުރަކާ ނުލައި، އެއްބުރުން ކުރުމުގެ ތަނަވަސްކަން އެބައޮތް ކަމަށެވެ.

ގައުމުގެ ހަމަޖެހުމަށްވުރެ ބޮޑު މަސްލަހަތެއް ނޯންނާނެކަން ފާހަގަކުރައްވާ މެމްބަރ އަލީ ހަމީދު ވިދާޅުވީ، ގައުމަށް ހަމަޖެހުން ގެނައި ހަމައެކަނި ވެރިޔަކީ ރައީސް ސޯލިހު ކަމަށާއި، އަދި ރާއްޖެއަށް އައިސްފައިވާ ތަރައްގީއަށް ބެލުމަށްފަހު ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ހައްގު ކަމަށެވެ.

ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި ގާނޫނުތަކާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފައި ނުވާ ކަމަށާއި، އެހެން ވެރިކަންތަކާ ހިލާފަށް ނުހައްގުން މީހުން ހައްޔަރުކޮށް ޝަރީއަތްވެސް ނުހިންގާ ކަމަށްވެސް މެމްބަރ އަލީ ހަމީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *