އައްޑޫއިން މީސްލްސްއަށް ކުޑަކުއްޖަކު ޕޮޒިޓިވްވެއްޖެ

93A3D62B-EA75-46FD-B198-AB0704AF4B9B

އައްޑޫ ސިޓީން މީސްލްސް (ހިމަ ބިހި) އަށް ކުޑަ ކުއްޖަކު ޕޮޒިޓީވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، އައްޑޫ އިން މީސްލްސް ކޭސްއެއް ފެނިފައިވާ ކަމަށާއި، އަދި މީސްލްސް ޖެހުނު ކަމަށް ބެލެވޭ އިތުރު ކޭސްއެއްވެސް ދެނަގަނެވި، ޔަގީން ކުރުމަށް ސާމްޕަލް ނަގައި ޓެސްޓް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާތަނަށް ތުހުމަތު ކުރެވޭ އެއް ކޭސް އާއި ޕޮޒިޓިވްވި އެއް ކޭސް ކުޑަ ކުދިން ގައިން ފެނިފައިވީ ނަމަވެސް، އެޗްޕީއޭ އިން ބުނީ އެ ދެ ކުދިން ގައިން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާ ކަމަށާއި، އަދި އެ ދެ ކުދިންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވުމާއެކު، ބަލީގެ އެންމެ ކޭސްއެއް ފެނުނު ނަމަވެސް އެ ބެލެވޭނީ އައުޓް ބްރޭކެއްގެ ގޮތުގައިކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ، އެފަދަ ހާލަތުގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން، ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް އެ އެޖެންސީގެ ލަފާގެ މަތިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދަނީ ކުރިޔަށް ގެންދަމުން ކަމަށެވެ.

މީގެއިތުރުން ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުން އައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުމުގެ އިތުރުން ކެއްސުން، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުންފަދަ އަލާމާތްތައް ކަމަށެވެ. މިގޮތުން މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ ހިދުމަތްތެރިންގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އެދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *