ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަން ހުރަސްކޮށްފި

l_2021_04_04_120936_a1hnlcy4wdr2p687fg59kiqmsext3oujbzv_EN_

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަން ހުރަސްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 513،795 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް މިދިޔަ އަހަރާ އަޅާބަލާއިރު 21 އިންސައްތަ އިތުރުވެފައިވާއިރު، މިދިޔަ މަހު އެއްވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 163،381 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ރާއްޖެއަށް އެއްރެޖުކޮށް ދުވާލަކު 5،839 ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެވްރެޖުކޮށް 8 ދުވަސް މަޑުކުރެވެ.

ރާއްޖެއަށް އެންމެ ގިނައިން ރަޝިއާ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ދެވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ އިންޑިއާ ފަތުރުވެރިންނެވެ. އަދި ތިންވަނައަށް ޒިޔާރަތްކުރަނީ ޔޫކޭ ފަތުރުވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *