ތ.ގާދިއްފުށި ގޮނޑުދޮށް ހިމާތްކުރުމުގެ ބޮޑުބައި ނިމިއްޖެ

Fs259DsaIAAYNEm

ތ.ގާދިއްފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ގާދިއްފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، އަދި ގްރޮއިންސް ޖެހުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.

މީގެއިތުރުން މަޝްރޫއުގެ ދަށުން ގޮނޑުދޮށަށް ވެލި އެޅުމުގެ 65 އިންސައްތަ މަސައްކަތްވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 15 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 18,894 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ، މި މަޝްރޫއަށް 19.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *