ޑރ.އާސިމްގެ ތާއީދުވެސް ރައީސް ސޯލިހުއަށް!

sfsf

އދ. ގެ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ޒަޢާމަތުގައި ރާއްޖެއަށް ގެނެސްދެއްވާފއިވާ ތަރައްގީ އާއި ކުރިއެރުމާއި ޢިޖުތިމާޢީ ހަމަޖެހުން ދެމެހެއް ޓުމަށްޓަކައި ކުރިއަށް އިންތިޚާބުގައި ރައީސް ސޯލިހުއަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.

ޑރ.އާސިމް ރައީސް ސޯލިހުއަށް ތާއިދު ކުރައްވަން ނިންމަވާފައިވާއިރު، ޖޭޕީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމާއެކު އެ ޕާޓީގެ ގިނަ މެމްބަރުން އަންނަނީ ޕާޓީޏް ވަކިވެ ރައީސް ސޯލިހުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *