ހދ. ކުޅުދުއްފުށީ މަގު ހެދުން: ސްޓޯމް ވޯޓަރ ޖަންކްޝަން ބެހެއްޓުން ކުރިއަށް

Fs7Cdi-aEAA1gHI

ހދ.ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށު ކެނދިގަސް މަގުގައި ސްޓޯމް ވޯޓަރ ޖަންކްޝަން ބެހެއްޓުން ކުރިޔަށްދާ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ، މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ކެނދިގަސް މަގުގައި ހޮޅި އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މައިޓް މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން ކަމަށެވެ.

ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއުގެ ފޭސް 2 ގެ ދަށުން 24 މަގެއް ޒަމާނި ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖުމްލަ 37،633.90 މީޓަރުގެ މަގު ހަދާނެއެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ މަގުތަކުގައި ސައިޑްވޯކް ހެދުމާއި، ފެންހިނދާ ނިޒާމް ގާއިމް ކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ސްޕީޑް ބްރޭކަރުތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *