ޕްރިންސިޕަލުންގެ ސްކޮލާޝިޕް އެމްޑަބްލިއުއެސްސީން ސްޕޮންސާކޮށްފި

Fs8FZ5SakAIIL4l

ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ހާއްސަ ސްކޮލާޝިޕް ޕްރޮގްރާމްތައް ސްޕޮންސަރ ކުރުމުގެ ފަހުމާނާއެއްގައި އެމްޑަބްލިއުއެސްސީން ސޮއިކޮށްފިއެވެ.

ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގާބިލު ޕްރިންސިޕަލުން އުފެއްދުމަށްޓަކައި، ޕްރިންސިޕަލުން ތަމްރީން ކުރުމަށް ބޭނުންވާ ހާއްސަ ސްކޮލާޝިޕް ޕްރޮގްރާމްތައް ސްޕޮންސާ ކުރުމަށް އެމްޑަބްލިއުއެސްސީން ސޮއިކޮށްފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއެކުގައެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމާނާގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ހަސަން ޝާހުއެވެ.

މި ފަހުމާނާގެ ދަށުން ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ގާބިލު ޕްރިންސިޕަލުން އުފައްދާ ތަމްރީނު ކުރުމަށްޓަކައި، މާސްޓާސް ޑިގްރީގެ ލެވެލް ކޯހުގެ 10 ސްޕޮންސާޝިޕާއި، އަދި ކުރު މުއްދަތުގެ 110 ކޯސް ސްޕޮންސާ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ދެ އަހަރު ދުވަހަށް ކުރިޔަށް ގެންދާން ރާވާފައިވާ މި ޕްރޮގްރާމުތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އެމްޑަބްލިއުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ރާއްޖޭގެ ސްކޫލްތައް ހިންގުމަށް ހާއްސަވެގެން ތަމްރީން ލިބިފައިވާ ބޭފުޅުން މަދުކަމާއެކު ސްކޫލްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގުމަށް ދަތިތަކެއް ދިމާވާ ކަމަށާއި، ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ސްކޫލްތަކުގައި ކިޔަވައިދިނުން ރަނގަޅު ކުރުމަށްޓަކައި ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތިބުން މުހިންމު ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *