ފުވައްމުލަކުގައި މިސްކިތެއް ބިނާކުރުމަށް ދޮންބޭޒްއާ ހަވާލުކޮށްފި

Fs8AoJTaAAIJgGv

ފުވައްމުލައް ސިޓީގައި 400 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އަހުމަދު ޒާހިރު އަލީއެވެ. އަދި ދޮންބޭޒްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ އެމްޑީ މުހައްމަދު ރަޝީދުއެވެ.

"މަސްޖިދުލް ފަލާހް" ގެ ނަމުން ނަން ދީފައިވާ މި މިސްކިތް ބިނާ ކުރުމަށް ދޮންބޭޒްއާ ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަސް ތެރޭގައި ނިންމުމަށެވެ.

މި ދައުރުގައި ރާއްޖޭގެ އެކި ކަންކޮޅުގައި މިސްކިތް ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން 17 މިސްކިތެއްގެ މަސައްކަތް ނިންމާފައިވާއިރު، 23 މިސްކިތެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *