ހުވަދޫގައި ބޭނުންކުރާ އާރްޓީއެލް ފެރީ އެމްޓީސީސީއާ ހަވާލުކޮށްފި

Fs-FanWacAU52kC

ހުވަދު އަތޮޅުގައި އާރްޓީއެލް ފެރީގެ ނިޒާމު ފެށުމަށް ބޭނުންވާ ފުރަތަަމަ އުޅަނދު ނިންމާ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ، ހުވަދޫ އަތޮޅުގައި ބޭނުންކުރާ އުޅަނދުތަކަކީ ޖާގަ ތަނަވަސް އަދި ކޮންޑިޝަން ރަނގަޅު ލޯންޗުތަކެއް ކަމަށާއި، އުޅަނދުތައް ފަރުމާ ކޮށްފައިވަނީ ހިދުމަތަށް ހާއްސަ ކޮށްގެން ކަމަށެވެ.

އެމްޓީސީސީން ހުވަދޫ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެ ކުންފުނިން ބުނީ، ފުރަތަމަ ދަތުރުތައް ފަށާނީ ހިލޭ ކަމަށެވެ.

އާރްޓީއެލްގެ ދަށުން ހއ، ހދ އަދި ށ އަތޮޅުގައި މީހުން ދިރިއުޅޭ 41 ރަށަކަށް ފެރީގެ ހިދުމަތް ފަށާފައިވާއިރު، ޅ.އަތޮޅުގައި ވެސް އާރްޓީއެލް ފެރީގެ ހިދުމަތް އަންނަނީ މިހާރު ދެމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *