ހއ.ދިއްދޫ މަގުތައް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އާރްޑީސީން ބުނެފިއެވެ.
އާރްޑީސީން ބުނީ، ގެ މަޝްރޫޢުގެ ދަށުން އެރަށު ހާޖީ ކަލޭފާނުމަގުގައި ކޭބަލް ޖަންކްޝަން ބެހެއްޓުމުގެ އިތުރުން ހޮޅި އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ.
އާރްޑީސީން ދިއްދޫ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަށާފައިވާއިރު، މީގެ ކުރިން އެ ކުންފުނިން ބުނީ ޣާޒީމަގުގައި ކޭބަލް ޖަންކްޝަން އެޅުމާއި ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދިއްދޫ މަގު ހެދުމަށް އާރްޑީސީއާ މިދިޔަ އަހަރުގެ މެއި މަހު ހަވާލުކޮށްފައިވާއިރު، މަޝްރޫއުގެ އަގަކީ 108.5 މިލިއަން ރުފިޔާ އެވެ.
މި މަޝްރޫގެ ދަށުން 5.4 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމް ގާއިމު ކުރުމުގެ އިތުރުން މަގު ބައްތި ހަރުކުރުން ހިމެނެއެވެ.
Post Views: 68