މަސްޖިދުލް އަގްސާއަށް ވަދެ ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

jerusalem-al-aqsa-mosque-israel-police-arrest-palestinian-woman-5-apr-2023-associated-press

މަސްޖިދުލް އަގްސާއަށް ގަދަބާރުން އިސްރާއިލް ސިފައިން ވަދެ، މިސްކިތުގައި އަޅުކަން ކުރަން ތިބި މީހުންނަށް އަނިޔާކޮށް މިސްކިތައް ގެއްލުން ދިނުން ރާއްޖޭ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން މިކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނީ، ރާއްޖޭގެ ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން މިނިވަން މުސްތަގިއްލު އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް ރާއްޖެއިން ތާއީދު ކުރާ ކަމަށެވެ.

އިސްރާއީލް ސިފައިންގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ ގެ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ ގަރާތުތަކާ ހިލާފު އަމަލުތަކެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

މީގެއިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ވަނީ ނޫސް ބަޔާނުގައި ދީފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *