އޭޑީކޭ ނާޝިދުގެ ތާއީދު ރައީސް ސޯލިހުއަށް!

FtDPHjfaAAI-f27

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ އަދި އޭޑީކޭ ގްރޫޕްގެ ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވެއްޖެއެވެ.

އޭޑީކޭ ނާޝިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭރުވެސް މިހާރުވެސް ތާއީދު ކުރައްވަނީ ރައީސް ސޯލިހުއަށް ކަމަށެވެ.

ދިވެހި ރާއްޖޭގެ މޮރޮކޯ އޮނަރީ ކޮންސުލް މަގާމުގައި ހުންނެވި ނާޝިދު އަކީ އެމްޑީޕީގެ މެމްބަރެކެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރުގައެވެ.

ޖުމްހޫރީ ޕާޓީގެ ފައުންޑާ މެމްބަރެއް ކަމަށްވާ ނާޝިދު ވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުވެސް އަދާކުރައްވާފައެވެ. މީގެއިތުރުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ދ.އަތޮޅުގެ މެމްބަރުކަމާއި، ކޮމަންޑޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *