މުޅި ދުނިޔެ ދިވެހިންނާ ގުޅާލަދިން ކާމިޔާބު ހާރިޖީ ސިޔާސަތު

photo_2023-04-05_17-47-50

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގެންގުޅޭ ގައުމުގެ މަގާމުގައި ރާއްޖެ އޮތްއިރު، މުޅި ދުނިޔެ ދިވެހިންނާ ގުޅާލަދިން ކާމިޔާބު ހާރިޖީ ސިޔާސަތުގެ ދަށުން ދުރާލާ ވިސާ ނުނަގައި 95 ގައުމަކަށް މިހާރު ދަތުރު ކުރެވެއެވެ.

ޕާސްޕޯޓް ބޭނުންކޮށްގެން ވީޒާ ނެތި ނުވަތަ ފަސޭހަކަމާއިއެކު ވަދެވޭ ޤައުމުތަކުގެ ނިސްބަތަށް ބަލައިގެން، ނެރޭ ހެންލީ ޕާސްޕޯޓު އިންޑެކްސްގެ މިދިޔަ އަހަރު ލިސްޓުގައި ރާއްޖެ އޮތީ ދެކުނު އޭޝިއާގެ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައެވެ.

ދުނިޔޭގެ 190 އެއްހާ ގައުމު ހިމެނޭ މިލިސްޓުގެ ދުނިޔޭގެ ރޭކިންގައި މި އަހަރު ރާއްޖެއަށް 51 ވަނަ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 7 ދަރަޖައިގެ ކުރިއެރުމެކެވެ. އަދި ދިވެހި ޕާސްޕޯޓު ބޭނުންކޮށްގެން ވީޒާ ނުލާ ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓަށް މި ސަރުކާރުގައި 11 ގައުމެއް ވަނީ އިތުރުކޮށްދީފައެވެ.

މި ދައުރުގައި ވިސާ ހިލޭކޮށްދިން 11 ގައުމު:

  • ޔުނައިޓެޑް އަރަބް އެމިރޭޓްސް: 01 ޖެނުއަރީ 2019 އިން ފެށިގެން ވިސާއާ ނުލައި ޔޫއޭއީގައި ދިވެހިންނަށް 30 ދުވަސް ހޭދަ ކުރެވޭނެ އިންތިޒާމް ހަމަޖެއްސި
  • ތައިލޭންޑް: 14 އެޕްރީލް 2019 އިން ފެށިގެން ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދާ ދިވެހީންނަށް އެ ގައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެ އެއްބަސްވުމުގައި ސޮއިކުރި
  • ރަޝިއާ: 25 ޖުލައި 2019 އިން ފެށިގެން ދެ ގައުމުގެ މީހުންނަށް ވެސް 90 ދުވަހުގެ އޮން އެރިވަލް ވިސާ ލިބޭނެ އެއްބަސްވުމެއްގައި ސޮއިކުރި
  • މޮރޮކޯ: 01 ފެބްުރުއަރީ 2020 އިން ފެށިގެން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމުގައި ސޮއިކޮށްފައި
  • ތަޖިކިސްތާން: 11 ނޮވެމްބަރ 2021 އިން ފެށިގެން 30 ދުވަހުގެ އޮން-އެރައިވަލް ވިސާގައި ދިވެހިންނަށް ތަޖިކިސްތާނަށް ދެވޭނެ އިންތިޒާމު ހަމަޖެއްސި
  • ޗައިނާ: 08 ޖެނުއަރީ 2022 ގައި ދިވެހިންނަށް ޗައިނާއަށް ދަތުރުކުރެވޭނެ ގޮތަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމުގައި ސޮއިކޮށްފައި
  • ތުރުކީ: 30 ޖެނުއަރީ 2022 ގައި ދިވެހިންނަށް ވިސާ ނެތި ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަން ތުރުކީއާއެކު އެއްބަސްވި
  • ކަޒަކިސްތާން: 09 މޭއި 2022 ގައި ކަޒަކިސްތާނާއި ރާއްޖޭގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި، ވިސާ ނުލައި 30 ދުވަހަށް އެތެރެވެވޭނެ އެއްބަސްވުމުގައި ސޮއިކުރި
  • ކިރިގިސްތާން: 24 ސެޕްޓެމްބަރ 2022 ކިރިގިސްތާނަށް ދާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެއްބަސްވުމެއްގައި ސޮއިކުރި
  • ކެމްބޯޑީއާ: 16 ޖެނުއަރީ 2023 ގައި ދިވެހިންނަށް ވިސާ ނެގުމަކާ ނުލައި 30 ދުވަހުގެ މުއްދަތަށް ކެމްބޯޑިއަށް ދެވޭ އެއްބަސްވުމެއްގައި ސޮއިކުރި
  • އޮމާން: 30 މާޗު 2023 ގައި އޮމާނަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެއްބަސްވުމެއްގައި ސޮއިކުރި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ އިސްކަމެއް ދެއްވި އެއް މަސައްކަތްޕުޅަކީ ދުނިޔެއާއި ބީރައްޓެހި، އެކަހެރި ވެފައި އޮތް ހާރިޖީ ސިޔާސަތު ނިމުމަކަށް ގެނެސް، ރާއްޖޭގެ ޙާރިޖީ ސިޔާސަތު ހަރުދަނާކޮށް ބޭރު ޤައުމުތަކާއެކު ގުޅުންތައް ބަދަހިކޮށް ވަރުގަދަ ކުރުމެވެ. އަދި މި މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ ކާމިޔާބީތަކެއްް ހާރިޖީ ދާއިރާއިން ހޯދާފައިވާއިރު، ބާރުގަދަ ޕާސްޕޯޓެއް ދިވެހިންގެ އަތުގައި އޮތުމަކީ އެ ކާމިޔާބީ ރަމްޒުކޮށްދޭ ހެއްކެކެވެ.

ރާއްޖެއަކީ ކުޑަ ގައުމެއްނަމަވެސް ބައިނަލްއަގްވާމީ މައިދާނުގައި އެހެން ގައުމުތަކާއި ފައިހަމަކުރުމަށް ސަރުކާރުން ކުރެއްވި މަސައްކަތުގެ ނަތީޖާ ވޭތުވެދިޔަ 3 އަހަރުތެރޭގައި ވަނީ ފެނިފައެވެ. އެގޮތުން ރާއްޖެއިން ފުރަތަމަ ފަހަރަށް އ.ދ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްގެ މަގާމު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދާކުރެއްވުމަކީ އެކަމަށް ލިބުނު އިތުރު ބާރެކެވެ.

ކުރިން ރާއްޖެ ބައިނަލްއަގްވާމީ މުޖްތަމައުއިން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި އޮތުމުގެ ސަބަބުން، ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ލިބެން ހުރި، އެތައް މަންފާތަކަކާއި އެތައް އެހީތަކެއް ލިބުމަށް ހުރަސްތައް އޮތީ އެޅިފައެވެ. ނަމަވެސް ޚާރިޖީ ގުޅުންތައް މިހާރު ބަދަހިވަމުން އަންނަކަމަށާއި، އެކަމުގެ ފައިދާ ވެސް ދިވެހި ރައްޔިތުންނަށް ލިބެމުންދާކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *