ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުން: %64 މަސައްކަތް ނިންމާލައިފި

FtGPVWVaAAEInwd

ތ.ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 64 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން ގިރާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށާއި، އަދި ބޭރު ތޮށި ލުމުގެ މަސައްކަތުގެ 54 އިންސައްތަ ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 21،181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި، 220 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 369 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން މި މަޝްރޫއަށް 27.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *