އާބަންކޯގެ ކޮމިއުނިޓީ ރޯދަވީއްލުން މިފަހަރު އޯޓިޒަމް ސެންޓަރުގެ ކުދިންނަށް

83c345e4-60ac-4cde-983c-b4bdc7779f9a

ކޮންމެ ރޯދަ މަހު އާބަންކޯއިން އަންނަނީ ކޮމިއުނިޓީ ރޯދަވީއްލުން މިފަހަރު ހުޅުމާލޭގައި ހިންގަމުން އަންނަ އޯޓިޒްމް ސެންޓަރަށެ ހާއްސަކޮށްފިއެވެ.

އަބަންކޯއިން އިންތިޒާމުކުރި މި ރޯދަވީއްލުމުގައި އެ ސެންޓަރުގައި ރަޖިސްޓްރީ ވެފައިވާ 192 ކުދިންނާއި، އެކުދިންގެ ބެލެނެވެރިން އަދި 40 މުވައްޒަފުން ވަނީ ދައުވަތުދީފައެވެ.

އިއްޔެ ސެންޓްރަލް ޕާކުގައި ބޭއްވި މި ރޯދަވީއްލުމުގެ ކުރިން ރޯދަވީއްލުމުގައި ބައިވެރިވި ކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހަރަކާތްތައް ވެސް ކުރިއަށްގެންގޮސްފައެވެ.

މިފަދަ ރޯދަވީއްލުންތަކަކީ އަރބަންކޯގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ ބަދަހި މުޖުތަމައުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އާބަންކޯއިން ބުނެއެވެ.

މި ހިނގާ އޭޕްރިލް މަހަކީ އިންޓަނޭޝަނަލް އޯޓިޒަމް އެވެއަރނެސް މަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މަހެވެ. އަދި މި ރޯދަވީއްލުން އޯޓިޒަމް ސެންޓަރަށް ޚާއްސަކުރީ މި މަސް ފާހަގަކުރުމަށް އަރބަންކޯގެ ފަރާތުން ބޭއްވޭ ހަރަކާތެއްގެ ގޮތުގައެވެ.

އޯޓިޒަމަކީ ކުއްޖާ އުފެދުމުގައި ހުންނަ ޑިސްއޯޑަރ އެކެވެ ނުވަތަ ނިއުރޮލޮޖިކަލް ޑިސްއޯޑަރ ނުވަތަ ސިކުނޑި މަސައްކަތް ކުރާ ގޮތުގައި ހުންނަ ތަފާތު ވުމެކެވެ. އަދި އެކި މީހުން މިކަން ތަހަންމަލްކުރާ މިންވަރު ތަފާތުވާތީ އެއަށް އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޮރޑަރ ވެސް ކިއައެވެ.

Leave a Reply

Your email address will not be published. Required fields are marked *