ހއހޯރަފުށީ ހާފްވޭ ހައުސްގެ ބޮޑުބައެއް ނިމިއްޖެ

FtM8ySDacAAjs7I

ހއ.ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން ރޫފް ސްޓްރަކްޗަރ ހެދުމުގެ މަސައްކަތް ނިމިފައިވާއިރު، ސައިޓުގައި މިހާރު ކުރިއަށްދަނީ ރޫފިންގ ޝީޓް ހަރުކުރުމާއި، ޕްލާސްޓަރިންގް މަސައްކަތް ކަމަށެވެ.

އެކި ކުށްތަކުގައި ދަޢުލަތުގެ ބެލުމުގެ ދަށަށް ގެންނަ، 18 އަހަރުން ދަށުގެ ކުޑަކުދިން ބޭތިއްބުމަށް ހަދާ ހާފްވޭ ހައުސްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި 5.99 މިލިއަން ރުފިޔާއަށެވެ.

ހޯރަފުށީގައި ހަދާ މި ހާފްވޭ ހައުސް ޔުނިޓްގެ އެންމެހާ ކަންކަން ބަލަހައްޓާނީ، ހޯމް މިނިސްޓްރީގެ ދަށުން އުފައްދާފައި އޮންނަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ބެލުމުގެ ދަށުންނެވެ. އަދި މި ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބަޔާން ކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތުގައި ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނެރުމަށް ތައްޔާރު ކުރާ ޕްރޮގްރާމްތައް ހިންގުމަށާއި، އެކުދިން ބައިތިއްބުމަށް ހަދާ ތަނެކެވެ.

Leave a Reply

Your email address will not be published. Required fields are marked *