ނަޢީމާގެ މަރު: ފުލުހުން ފަޅު ގެއެއް ބަލައި ފާސްކުރަނީ

file_macwri

ނ.މަނަދޫގައި މަރާލާފައި އޮތްވާ ފެނުނު ނައީމާ މޫސާގެ މަރާ ގުޅިގެން ފުލުހުން އެ ރަށުގައި ހުރި ފަޅުގެއެއް ހިމެނޭ ސަރަހައްދު ބަންދުކޮށް، ފަޅުގެ ބަލައި ފާސްކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލައި ފާސްކުރަމުންދަނީ ނައީމާ މަރާލާފައި އޮތްވާ ފެނުނު އަންނާރުމާގެއާ ދުރުގައި ހުރި ފަޅުގެކެވެ. އެއީ މަނަދޫ ހޮސްޕިޓަލާއި ކައިރީގައި ހުރި ފަޅު ގެއެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ނައީމާގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިގޮތުން ފުލުހުންގެ ހާއްސަ ޓީމެއް މަނަދޫގައި ހަރަކާތްތެރިވަމުން އަންނައިރު، ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *