ހދ.ހަނިމާދޫ: ޖާގަ ތަނަވަސް ޒަމާނީ ބަނދަރުގެ މަސައްކަތް ނިމިއްޖެ

FtQwb12aUAIwxip

ހދ.ހަނިމާދޫގައި ތަރައްގީކުރި ޖާގަ ތަނަވަސް ޒަމާނީ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ، ހަނިމާދޫ ބަނދަރުގެ މަސައްކަތް މި ހިނގާ އެޕްރީލް މަހުގެ އެއްވަނަ ދުވަހު އެއްކޮށް ފުރިހަމަކޮށްފައިވާ ކަަމށެވެ.

މި މަޝްރޫއުގެ ދަށުން 19.870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކޮށް، 6،525 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކޮށް، 310 މީޓަރުގެ ސަރަަހައްދެއްގައި އެއްގަމުތޮށިލައި، 704 މީޓަރުގެ ސަރަހައްދުގައި ބޭރުތޮށި ލައި، 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 2،583 އަކަ މީޓަރު ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއަށް 65.15 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *