މީސިލްސް ކޭސްގެ 65 ކޮންޓެކްޓުން، 19 ފަރާތަކަށް ވެކްސިން ދީފި

93A3D62B-EA75-46FD-B198-AB0704AF4B9B

އައްޑޫ ސިޓީން މި ހިނގާ އެޕްރީލް މަހުގެ ތިން ވަނަ ދުވަހު ޕޮޒިޓިވްވި ހިމބިހި (މީސްލްސް) ކޭސްއާ ގުޅިގެން 65 ފަރާތެއް ކޮންޓެކްޓުން ގޮތުގައި ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 19 ފަރާތަކަށް ވެކްސިން ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ކޭސްއާ ގުޅިގެން މިހާތަނަށް 65 ފަރާތެއް ކޮންޓެކްޓުން ގޮތުގައި ފާހަގަކުރެވިފައިވާއިރު، މިހާތަނަށް އެއިން އެއްވެސް ފަރާތަކުން ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށާއި، މީސްލްސްއަށް ޕޮޒިޓިވްވީ ފަރާތާއި، ކޮންޓެކްޓުން ދެނެގަނެވިފައިވާ ހުރިހާ ފަރާތްތަކަކީވެސް މީސްލްސް ވެކްސިން ފުރިހަމަ ކޮށްފައިވާފަރާތްތައް ކަމަށެވެ.

މިގޮތުން ކޮމިއުނިޓީ ސާވޭގައި 41 ފަރާތެއްގެ މައުލޫމާތު ސާފުކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 16 ގެއެއްގެ އިތުރު އެއް ފިހާރަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *