ސްކޫލްތަކުގެ ތަރައްގީގެ 48 ޕްރޮޖެކްޓް ނިމި، 114 ޕްރޮޖެކްޓް ދަނީ ކުރިއަށް: މިނިސްޓަރ

5LpSu0dpM2iwBi1F5CpJqG9LEDiu5wcXQDKlgKyo

ރާއްޖޭގެ ސްކޫލްތައް ތަރައްގީ ކުރުމަށް ބަޖެޓުގައި ހިމަނައިގެން 248 ޕްރޮޖެކްޓް ރާވައި، ހިންގަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ ވިދާޅުވީ، ބަޖެޓް ކުރެވިފައިވާ 248 ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެނީ 1781 ކްލާސްރޫމާއި 90 މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ކަމަށެވެ،

މީގެއިތުރުން ލައިބްރަރީއާއި ލެބޯރެޓަރީއާއި ފާހާނާއާއި އޮފީސް އިމާރާތްތައް ހިމެނޭގޮތަށް 596 ޕްރޮޖެކްޓެއް ހިމެނޭކަން ކަމަށްވެސް މިނިސްޓަރ ވަނީ ވިދާލުވެފައެވެ.

މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ، މިހާރު ކުރިޔަށްދަނީ 114 ޕްރޮޖެކްޓެއްގެ މަސައްކަތް ކަމަށާއި، އަދި 48 ޕްރޮޖެކްޓެއް މުޅިން ނިމި މިހާރު ބޭނުންމި ކުރަންވެސް ފެށިފައިވާކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *