އެމްޑީޕީގެ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްފި

big_NHXKFsypK7143BOlO2hZCFMv5

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކޮށް އަލުން ބާއްވައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ މައްސަލަ ހުށަހެޅި އަލީ އަމްޖަދަކީ އެމްޑީޕީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީން ހުށަހެޅި ނުކުތާތަކަށް ތާއީދުކޮށް، މައްސަލަ ހުށަހެޅި ފަރާތަކީ އެމްޑީޕީގެ މައްޗަށް އެ ދައުވާ ކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިދޭ މީހެއް ނޫން ކަމަށް ނިންމާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ 61 އިންސައްތަ ވޯޓުންނެވެ. އެމަނިކުފާނާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ.

Leave a Reply

Your email address will not be published. Required fields are marked *