ރައީސް ސޯލިހުގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް!

ADH_0747-1672862489610_s1l77y-q0g50r3smxt2fbzq58eou8d6hdbab5xokc17diuhio

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް ހިންގަމުން އަންނާތީ ސަމާލުވާން ރައީސް އޮފީހުން އެދިއްޖެއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހުގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް ހިންގަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެއީ ރައީސްގެ އެކައުންޓެއް ނޫން ކަމަށެވެ.

ރައީސް ސޯލިހުގެ އިންސްޓަގްރާމް އެކައުންޓަކީ "Ibusolih" ކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ، "_ibusolih" ނަމުގައި ހިންގަމުން އަންނަނީ ފޭކް އެކައުންޓެއް ކަމަށެވެ. އަދި އެކައުންޓަކީ ރައީސް އެންޑޯޒްކުރައްވާ އެކައުންޓެއް ނޫން ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *