ވ.ތިނަދޫ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Fta9oyVaEAAGEMf

ވ.ތިނަދޫ ބަނދަރު ހެދުމަށް ޕްލޭނިންގ މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކެޓްރީ ޒީނިޔާ ހަމީދު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސެއިންއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 360 ދުވަހުން ނިންމަން 40.57 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 12،800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ހާބަރ ބޭސިން ފުންކުރުމާއި، 860 މީޓަރުގެ ސަރަހައްދުގައި ނެރު ފުންކުރުމާއި، 77 މީޓަރުގެ ސަރަހައްދުގައި ބޭރުތޮށިލުމާއި، 482 މީޓަރުގެ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމާއި، 249.66 މީޓަރުގެ ސަރަހައްދުގައި އެއްގަމުތޮށިލުމާއި، މޫރިންގ ބޯއީސް ހަރުކުރުމާއި، 10 މީޓަރުގެ ދިގު، 9 މީޓަރުގެ ފުޅާ ރޭމްޕެއް ހެދުމާއި، 16 މީޓަރުގެ ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 1،847.11 އަކަ މީޓަރުގެ ސަރަހައްދުގައި ހާބަރ ޕޭވްމަންޓް ހެދުމާއި، 291 މީޓަރުގެ ސަރަހައްދުގައި ކާބް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

އެމްޓީސީސީން ބުނީ، ތިނަދޫއަށް ޖާގަ ތަނަވަސް ޒަމާނީ ރީތި ބަނދަރެއް މުސްތަގުބަލުގައި ލިބިގެންދިޔުމަކީ ރައްޔިތުންނަށް އެތައް ލުއި ފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *