މި ދައުރުގައި 127 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދީފި

big_lFh7t0yhyqAW5gthAdA6HzkZC

މި ދައުރުގެ ތެރޭގައި 127 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެވިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ، މި ދައުރުގައި 127 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި މުޅިން އަލަށް އެމްބިއުލާންސް ފޯރުކޮށްދެވުނު ރަށްތައްވެސް ހިމެނޭ ކަމަށެވެ.

ރާއްޖޭގެ އެމްބިއުލާންސްގެ ހާލަތު އޮތް ގޮތް ސަރުކާރުން ބަލާފައިވާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ، އަލަށް ގެންނަ އެމްބިއުލާންސްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ އެކަމަށް އެންމެ ބޭނުން ޖެހިފައިވާ ރަށްތަކަށް ކަމަށާއި، މިގޮތުން 24 ރަށެއް މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ 20 އެމްބިއުލާންސް ހޯދުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން އަންނަ ކަމަށާއި، އަދި ޖަޕާނުގެ ހިލޭ އެހީގެ ދަށުން ލިބިފައިވާ 6 ޕެރެމެޑިކް އެމްބިއުލާންސް ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށެވެ. އަދި އިތުރު އެމްބިއުލާންސްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މިއުވާން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގައި އެމްބިއުލާންސްގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި، ނަމަވެސް މި ސަރުކާރުން އެކަމަށް ބޮޑެތި ހައްލުތަކެއް ހޯދައިދީފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *