އިހުތިރާމު ކުރެވޭނީ ވަކި ވަރަކަށް، އެމްޑީޕީ ފުނޑާލަން ޖާގަ ނުދޭނަން: ފައްޔާޒް

9BD4CE6F-79E7-4D08-9FA4-FE32E7C7FC7D

އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ޕާޓީ ފުނޑާލަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސް އަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންއެމްޑީޕީއަށް ގުރައިދޫ ދާއިރާގެ ގޮނޑި ގެއްލުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން އެ ބޭފުޅުން ގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރުންނަށް ގުޅާ ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަން އެންމެހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފައްޔާޒް ވިދާޅުވީ، ރިޔާސީ ޓިކެޓާ ގުޅިގެން އުފެދިފައިވާ ތުން ފިއްތުން އެހެން ހިސާބަކަށް ގޮސް ޕާޓީ ފުނޑާލަން މަސައްކަތް ކުރަމުން އަންނަކަމަށާއި، އެކަން އެގޮތަށް ވިޔަ ނުދޭނެ ކަމަށެވެ. އަދި އިހުތިރާމް ކުރުމުގެ ގޮތުން ބެލޭނީވެސް ވަކި ވަރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮޅުވުމުން އެ އިންތިހާބުގައި ވާދަކުރއްވިރައްޔިތުންގެ މަޖިލީހުގެ ރައީސް އަންނަނީ ބަލި ގަބޫލުނުކޮށް ސަރުކާރާއި ޕާޓީއަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *