ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް

Ftutl6paQAAoTj4

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިޔަށްދާއިރު، ހަވީރު 4 ޖެހުމާ ހަމަޔަށް ވޯޓުލުން ކުރިޔަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް އިން ބުނީ، ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ހެނދުނު 8 ޖެހިއިރު ފަށާފައިވާ ކަމަށާއި، އިންތިހާބުގައި ވޯޓުލުން 4 ޖެހުމާ ހަމަޔަށް ކުރިޔަށްދާނެ ކަމަށެވެ.

ގުރައިދޫ ދާއިރާގެ ވޯޓުލުން ކުރިޔަށްދަނީ އެ ދާއިރާގައި ހިމެނޭ ކ،މާފުށި، ކ.ގުރައިދޫ އަދި ކ.ގުޅީގެ އިތުރުން މާލޭގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގައެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ އިބްރާހިމް ޝާޒް އާއި ޕީޕީއެމްގެ ހުސެއިން ރިޒާ އާދަމް އާއި އެމްއެންޕީގެ އަލީ އަރީފެވެ.

Leave a Reply

Your email address will not be published. Required fields are marked *